އޭސް ހާރޑްވެއަރ ސެޕްޓެމްބަރު ސޭލް: ގޭތެރެ ހިތްގައިމު ތަނަކަށް ހަދާލަން ފައްކާ ސޭލެއް !

ބައިނަލްއަގްވާމީ ފްރެންޗައިޒެއް ކަމުގައިވާ އޭސް ހާރޑްވެއަރ އިން މި ފަހަކަށް އައިސް ކޮންމެ މަހެއްގައިވެސް ހާއްސަ ޕްރޮމޯޝަނެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން މި ސެޕްޓެމްބަރު މަހުގައިވެސް ވަރަށް ހާއްސ...

09 Sep 2017 | 20:27

ބައިނަލްއަގްވާމީ ފްރެންޗައިޒެއް ކަމުގައިވާ އޭސް ހާރޑްވެއަރ އިން މި ފަހަކަށް އައިސް ކޮންމެ މަހެއްގައިވެސް ހާއްސަ ޕްރޮމޯޝަނެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން މި ސެޕްޓެމްބަރު މަހުގައިވެސް ވަރަށް ހާއްސަ ޕްރޮމޯޝަނެއް އޭސް ހާރޑްވެއަރ އިން ވަނީ އިއުލާނު ކޮށްފަ އެވެ.

އެގޮތުން މި މަހު ސޭލް އަޅުވާފައިވަނީ ގޭތެރޭގައި ބޭނުންކުރާ އަދި ގޭތެރެ ތަރުތީބު ކުރުމަށް ބޭނުންކުރާ ތަކެތީގައެވެ.

"މިމަހުގެ ސޭލްގައި ޝެލްފް ތަކާއި ދާވަށި ގަ ނޑު އަދި ދޮވެ ހިއްކާ އިސްތިރި ކުރުމަށް ބޭނުންކުރާ ތަކެތި ހިމެނޭ، އަދި މިނޫނަސް ބަދިގެ ތަރުތީބު ކުރުމަށް ބޭނުންކުރާ ތަކެތި ހިމެނޭ" އޭސް ހާރޑްވެއަރ އިން ހާމަކުރެ އެވެ.

އޭސް ހާރޑްވެއަރ އަކީ އަބަދުވެސް މި ބާވަތުގެ އެންމެ ކޮލިޓީގެ މުދާ އެއާ އެންމެ އެކަށޭނެ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަން ކަމުގައިވާއިރު މިމަހު ސޭލްގައި ހިމިނޭ ސްޓޯރޭޖް އަދި އޯގަނައިޒޭޝަން މުދާ ތަކުތެރޭގައި ދުނިޔޭގެ ނަންމަޝްހޫރު އަދި އެންމެ ބްރޭންޑް ތައް ކަމަށްވާ ހަނީ-ކެން -ޑޫ އަދި އިންޓަރ ޑިޒައިން ހިމެނެއެވެ.

މީގެ އިތުރުން ބަދިގެ ސްޓޯރެޖަށް ބޭނުންކުރާ ރަބަރމެއިޑް ބްރޭންޑްގެ ތަކެތި އަދި ކުދިން އިންޓަވަލް އަޅަން ބޭނުންކުރާ އެންމެ ހިނގާ ބްރޭންޑް ކަމަށްވާ ސިސްޓެމާ ވެސް ހިމެނެއެވެ. މި އަގުހުރި ސޭލްގައި 50% އާ ހަމައަށް ޑިސްކައުންޓު އަޅުވާފައިވެ އެވެ.

އޭސް ހާރޑްވެއަރ އިން ހާމަކުރާގޮތުގައި މި ކަހަލަ ސޭލްތައް އެޅުވުމަކީ ކަސްޓަމަރުންނާއި އޭސް ހާރޑްވެއަރ އާއި އޮންނަ ގުޅުން ދެމިހުރުމުގައި ވަރަށް މުހިން މު ކަމެކެވެ. އަދި އޭސް ހާރޑްވެއަރ އިން ލިބޭ މުދަލަކީ ހުރިހާ ކަސްޓަމަރުނަށް ވެސް ގަނެލެވޭނެ އެއްޗަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އޭސް ހާރޑްވެއަރ އިން އަބަދުވެސް ދެކެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް