ދެމީހަކު ވިއްކާލަން އައިއެސްއިން އިސްތިހާރު ޖަހައިފި

އައިއެސް އިން އެޖަމާއަތުން ހިންގަމުން އަންނަ އޮންލައިން މަޖައްލާއެއްކަމުގައިވާ ދާބީގް ގައި ދެމީހަކު ވިއްކާލަން އިސްތިހާރު ޖަހައިފިއެވެ. ވިއްކާލަން ޖަހާފައިވަނީ ނޯރވޭގެ މީހަކާއި ޗައިނާގެ މީހެކެވެ. އައި...

10 Sep 2015 | 14:00

އައިއެސް އިން އެޖަމާއަތުން ހިންގަމުން އަންނަ އޮންލައިން މަޖައްލާއެއްކަމުގައިވާ ދާބީގް ގައި ދެމީހަކު ވިއްކާލަން އިސްތިހާރު ޖަހައިފިއެވެ.

ވިއްކާލަން ޖަހާފައިވަނީ ނޯރވޭގެ މީހަކާއި ޗައިނާގެ މީހެކެވެ. އައިއެސް އިންބުނެފައިވަނީ މިދެމީހުން ވިއްކާލަން ނިންމީ އެޖަމާއަތުން އެދެމީހުން އަތުލައިގަތުމުން އެދެމީހުން ނިސްބަތްވާ ގައުމުތަކުން އެމީހުންއަށް އަޅައިނުލުމުން ކަމަށެވެ.

މިދެމީހުންގެ އަގެއްގެ ގޮތުގައި ވަކި އަދަދެއް ޖަހާފައި ނުވާއިރު އިސްތިހާރުގައި ޖަހާފައިވަނީ މިއީ "ލިމިޓެޑް ޓައިމް އޮފާ" އެއް ކަމަށެވެ. އަދި އެންމެ ރަނގަޅު އަގެއް ހުށައެޅިމީހަކާ އެދެމީހުން ހަވާލުކުރާނެކަމަށްވެސް އިސްތިހާރުގައި ވެ އެވެ. އިސްތިހާރުން ފެންނަނީ ދެމީހުން ތިބެނީ ރީނދޫކުލައިގެ ޖަލު ހެދުމެއް ލައިގެންނެވެ.

މިކަމާ ގުޅިގެން ނޯރވޭ އިން ބުނެފައިވަނީ އެގައުމުގެ މީހަކު އައިއެސްއިން ނަގާފައިވާކަމަށާއި އޭނަގެ ބަދަލުގައި ގިނަ ޑިމާނޑްތަކެއްކުރިކަމަށެވެ. އެހެން ނަމަވެސް ޓެރަރިސްޓް ޖަމާއަތަކަށް އެއްވެސް ބަދަލެއް ނުދޭނެކަމަށް ނޯވޭއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް