ހުސްކޮށް މި ހުންނަނީ ހިތް ކުދިކުދި ވެފަވާތީ: ޖަސްޓިން ބީބާ

މިވަގުތު ދިރިއުޅުމުގައި ވަކި ހާއްސަ މީހަކު ނެތްކަމަށާއި "ސިންގަލް" ކޮށް މިހުރީ ހިތުގަ ޖެހި ހިތް ކުދިކުދި ވެފައިހުރުމުން އެކަން ރަނގަޅުވެލަންދެން ކަމަށް ޖަސްޓިން ބީބާ ބުނެފިއެވެ. ޖަސްޓިންބީބާ މިހެން ބު...

10 Sep 2015 | 13:37

މިވަގުތު ދިރިއުޅުމުގައި ވަކި ހާއްސަ މީހަކު ނެތްކަމަށާއި "ސިންގަލް" ކޮށް މިހުރީ ހިތުގަ ޖެހި ހިތް ކުދިކުދި ވެފައިހުރުމުން އެކަން ރަނގަޅުވެލަންދެން ކަމަށް ޖަސްޓިން ބީބާ ބުނެފިއެވެ.

ޖަސްޓިންބީބާ މިހެން ބުނެފައިވަނީ އޮސްޓްރޭލިޔާގެ ރޭޑިއޯއަކަށް ދިން އިންޓަރވިއުއެއްގައެވެ. މި އިންޓަރވިއުގައި އެހާ ޅަ ފަންނާނެއް "ސީރިއަސް" ބިޓެއް ނެގުމުގެ ބޭނުމެއް އޮތްތޯ އެހުމުން ޖަސްޓިން ބީބާ ބުނެފައިވަނީ އޭނާއަކީ އިޝްގުގައި ޖެހޭ މީޒާޖުގެ މީހެއްކަމަށާއި އިޝްގުގައި ޖެހިގެން އުޅެން ބޭނުންވާކަމަށެވެ. އަދި ލޯބީގައި ކޮށް އުޅޭ ހުރިހާ ކަމެއް ކުރާ ހިތްވާކަމަށެވެ.

މި އިންޓަރވިއުގައި ޖަސްޓިން ބީބާގެ ކުރީގެ ލޯބިވެރިޔާ ސެލީނާ ގޯމޭޒް ނަން ، ޖަސްޓިން ބީބާގެ އެންމެ ފަހުގެ ލަވައިގެ ވީޑިޔޯގައި ގެނައީ ކީއްވެގެންތޯ އެހުމުން ރައްދުގައި ޖަސްޓިން ބީބާ ޖަވާބު ދީފައިވަނީ އެއީ ތިމަންނަ ކުރި ކަމެއް ނޫންކަމަށާއި އެއީ ފޭކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް