އިހު ޒަމާނުގައި ބޭނުން ކޮށްފައި ވާކަމަށް ބެލެވޭ ހިރިގަލު ފޮއްޓެއް އދ ހަންޏާމީދޫއިން ފެނިއްޖެ އެވެ.
އެ ފޮށި ހެރިޓޭޖްޑިޕާޓްމެންޓާ ހަވާލުކޮށްފައިވާއިރު އެ ޑިޕާޓްމެންޓުން ބުނެފައިވަނީ ލަފާކުރެވޭ ގޮތުގައި މި ފޮއްޓަކީ މީލާދީ ގޮތުން 12 ވަނަ ގަރުނުގެ ކުރީގެ ފޮއްޓެއް ކަމަށެވެ.
"އދ ހަންޏާމީދޫގެ މެދުތެރޭގައި މީހުން ދިރިއުޅެމުންގެންދާތާ ހަ އަހަރުވެފައިވާ އެ ރަށު އަރުތަ ގޯތީގެ ތެރޭގައި ފާހާނާ ޖަންކްޝަނެއް ހެދުމަށް ވަޅެއް ކޮންނަނިކޮށް ފެނިފައިވާ ހިރިގަލުން ހަދާފައިވާ ފޮއްޓެއް އެރަށު ކައުންސިލް އިދާރާ މެދުވެރިކޮށް އިއްޔެ ވަނީ މި ޑިޕާޓްމެންޓާ ހަވާލުކޮށްފަ" ހެރިޓޭޖް އިން ބުނެ އެވެ.
ހެރިޓޭޖްއިން ބުނީ މި ފޮށި ފެނިފައިވަނީ ދެފޫޓުބައި އަޑިން ކަމަށާއި މި ފޮއްޓަކީ ދިގުމިނުގައި 10 އިންޗި ބައި އަދި ފުޅާމިނުގައި ނުވަ އިންޗި ބައި އަދި އުސްމިނުގައި 11 އިންޗި ވައި ހުރި ފޮއްޓެއް ކަމަށެވެ. އަދި މި ފޮށީގެ ތެރޭފައި ވެލި އާނުން ހަދާފައިވާ ކުޑަ ގެރިއަކާއި ކުރީ ޒަމާނުގެ ފައިސާއަށް ބޭނުންކުރި ދިވެހި ކުދި ބޮލީގެ ގާތްގަނޑަކަށް އެއް ކިލޯ ބޮލި ހުރި ކަމަށްވެސް ހެރިޓޭޖުން ބުނެ އެވެ.
އެ ޑިޕާޓްމެންޓުން އިތުރަށް ބުނީ ހަންޏާމީދޫ ކައުންސިލްގެ އިދާރާއިން އެތަކެރި ހެރިޓާޖާ ހަވާލުކުރައްވާފައިވަނީ އެރަށު ކައުންސިލްގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ވަރަށް ފަރުވާތެރިކަމާއެކުގައި ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ކުރިމަގުގައި މިތަކެތި ހުންނާނީ ގައުމީ ދާރުލް އާސާރުގައި ކަމަށްވެސް ހެރިޓޭޖުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް