މާފަންނު ގެއަކުން ވައްކަން ކުރަން އުޅުނު 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މާފަންނު ގެއަކުން ވައްކަން އުޅުނު މީހަކު ހިފަހައްޓާފައިވާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ކަމަށެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަށް އެގެއިން އެއްވެސް އެއްޗެއްހުރި ނެގިފައެއް ނުވާ ކަމަށާއި މިމީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ހާމަކުރެ އެވެ. =
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް