އަންހެނަކާ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ގއ. މާމެންދޫން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ 2015 ސެޕްޓެމްބަރު 08 ވަނަ ދުވަހުގެ 16:20 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހަމަ އެދުވަހުގެ ރޭ 19:25 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި މައްސަލަ ގއ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް