ނާޒިމް އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފި

ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށުގައި ނާޒިމަށް 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފި އެވެ. މ...

10 Sep 2015 | 05:28

ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށުގައި ނާޒިމަށް 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައިޖީއެމް ހޮސްޕިޓަލަށް ނާޒިމް ގެންގޮސްފައިވަނީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ. ނާޒިމް ގެންދިޔައީ ޓެސްޓްތަކެއް ހެދުމަށް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

https://twitter.com/nazimpress/status/641828936943472640

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނައިރު ނާޒިމްގެ ސިއްހީ ހާލަތު ދެރަ ކަމަށް ނާޒިމްގެ އާއިލާއިން ވަނީ ކުރިން ބުނެފަ އެވެ. އަދި އައިޖީއެމް ހޮސްޕިޓަލުން ނާޒިމްގެ ލޮލުގެ ޓެސްޓްތަކެއްވެސް މީގެ ކުރިން ހަދާފައި ވެ އެވެ.

އޭނާގެ ލޮލަށް ފަރުވާ ދިނުމަށް ތަކުރާރުކޮށް ވަނީ މާލެ ގެނެސްފައިވާއިރު ޖަލަށް ލީ ފަހުން ވަނީ ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯއްދަވާފަ އެވެ.

ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށުގައި ނާޒިމަށް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް