ރާއްޖެ ގެންނަން އުޅުނު ގްރެނައިޓް ޝީތްތަކެއްގެ މައްސަލަ ބޮޑުވެ އިންޑިއާގައި ހިފަހައްޓައިފި

ބަޔަކު މައްސަލަ ޖެއްސުމުން އިންޑިއާއިން ރާއްޖެ ގެންނަން ބަރުކޮށްފައި އޮތް ގްރެނައިޓް ޝީޓް ބާޖެއް އިންޑިއާގެ ޕޯޓްގައި ހިފަހައްޓައިފި އެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އިންޑިއާ...

10 Sep 2015 | 05:16

ބަޔަކު މައްސަލަ ޖެއްސުމުން އިންޑިއާއިން ރާއްޖެ ގެންނަން ބަރުކޮށްފައި އޮތް ގްރެނައިޓް ޝީޓް ބާޖެއް އިންޑިއާގެ ޕޯޓްގައި ހިފަހައްޓައިފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އިންޑިއާގެ ބައެއް ފަރާތްތަކުން މައްސަލަ ޖައްސާފައިވަނީ އިންޑިއާގެ ކަޒިކޯޑް އަދި މަލައްޕޫރަމް އިން ގްރެނައިޓް ޝީޓް ބަރުކޮށްގެން ގެންދަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނުހޯދާ ކަމަށް ބުނެ އެވެ. ތިމާވެށި ހިމާޔަތް ކުރާ ބައެއް ޖަމިއްޔާތަކާއި ކެރަލާ ސަސްތްރަ ސަތުޔަ ޕަރިޝާދުގެ ފަރާތުން މ މައްސަލަ ހުށަހަޅާފައިވަނީ އެ ސަރަހައްދުގެ ކަލެކްޓަރު އެން. ޕްރަސާދު އަށެވެ.

އަމިއްލަ ޝިޕިން ކުންފުންޏަކުން ލޮރީތަކުގައި އެ ޝީޓްތައް ބަރުކޮށްގެން ގެންގޮސް ބާޖަކަށް އަރުވާފައި އޮތީ އިންޑިއާގެ ބައިޕޯރް ޕޯޓުގަ އެވެ.

ނޫސްތަކުގައި ވާގޮތުން ޝީޓްތައް ބަރުކޮށްފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނަގައިގެންނެވެ. އަދި އެ ސަރަހައްދުން ހިލަ ޝީޓް ނެގުމުގެ ހުއްދައެއް ދީފައިވާކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށް އެ ސްޓޭޓްގެ ކަމާބެހޭ ކޮމިޓީއެއްގެ މެމްބަރަކު ބުނެފައި ވެ އެވެ.

ނަމަވެސް ޕޯޓް އޮފިޝަރުގެ ރިޕޯޓްގައި ބުނެފައިވަނި ބާޖު ބަރުކޮށްގެން ލޮރީތައް ޕޯޓަށް އައީ ހޯދަންޖެހޭ ހުއްދަތައް ހިފައިގެން ކަމަށާއި އެ ކަސްޓަމް ކްލިއަރެންސް ވެސް އެ ބާޖު ހަދާފައި ވާކަމަށެވެ.

2500 ޓަނުގެ ގްރެނައިޓް ޝީޓް އެ ބާޖަށް ބަރުކޮށްފައިވާއިރު މައްސަލައާއިމެދު ވަކި ގޮތެއް ނިމެންދެން ބާޖް ހިފަހައްޓާފައި ވާކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް