އެންމެ ދިގުމުއްދަތެއް ވަންދެން ރަނިކަން ކުރިކަމުގެ ވޯރލްޑެ ރެކޯޑް ކުއީން އެލިޒެބަތު II މުގުރާލައްވައިފި އެވެ.
އިނގިރޭސި ރާނީ މި ރެކޯޑް މުގުރާލެއްވީ 63 އަހަރާއި 7 މަހާއި 3 ދުވަސް ވަންދެން ރަނިކަން ކުރެއްވި ކުއީން ވިކްޓޯރިއާގެ ރެކޯޑް މުގުރާލައްވައިގެންނެވެ. ކުއީން ވިކްޓޯރިއާ ރަނިކަން ކުރައްވާފައިވަނީ 20 ޖޫން 1837 އިން ފެށިގެން 22 ޖެނުއަރީ 1901 ވަނަ އަހަރާއި ހަމައަށެވެ.
21 އޭޕްރިލް 1926 ވަނަ އަހަރު އުފަންވެ ވަޑައިގަތް ކުއީން އެލިޒަބަތު II ރަނިކަމާ ހަވާލުވެ ވަޑައިގަތީ ބައްޕާފުޅު ކިންގް ޖޯޖް VI އަވަހާރަވުމާއި ގުޅިގެން 6 ފެބްރުއަރީ 1952 ގައެވެ.
އިނގިރޭސީންގެ އުމުރުން އެންމެ ދުވަސްވީ ރާނީގެ ރެކޯޑްވެސް އޮންނަނީ ކުއީން އެލިޒަބަތު އަތްޕުޅުގައެވެ. އަދި މީގެ އިތުރުން އެންމެ މުއްސަނދި ރާނީ ކަމުގެ ލަގަބު އޮންނަނީވެސް ކުއީން އެލިޒަބެތް އަތްޕުޅުގައެވެ. ކުއީން އެލިޒެބަތު ގެ މިލްކިއްޔާތުގައި 310 މިލިއަން ޕައުންޑް (504 މިލިއަން ޑޮލަރ) ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް