އައިއެސް އިން އައިލާންގެ ފޮޓޯ ބޭނުންކޮށް ހިޖުރަކުރަމުންދާ މީހުންށަށް ހޫނު މެސެޖެއް!

އައިއެސް އިން ނެރެމުންދާ މަޖައްލާއެއްކަމުގައިވާ ދާބިގް ގައި މަރުވި އައިލާންގެ ފޮޓޯ ޖެހުމަށްފަހު ، ސީރިޔާ ދޫކޮށް ހިޖުރަކުރަމުންދާ މީހުންއަށް ހޫނު މެސެޖްއެއްދީފިއެވެ. "ދާރުލް އިސްލާމް (އިސްލާމީ ބިންތައް...

10 Sep 2015 | 02:43

އައިއެސް އިން ނެރެމުންދާ މަޖައްލާއެއްކަމުގައިވާ ދާބިގް ގައި މަރުވި އައިލާންގެ ފޮޓޯ ޖެހުމަށްފަހު ، ސީރިޔާ ދޫކޮށް ހިޖުރަކުރަމުންދާ މީހުންއަށް ހޫނު މެސެޖްއެއްދީފިއެވެ.

"ދާރުލް އިސްލާމް (އިސްލާމީ ބިންތައް)  ދޫކޮށް ދިޔުމުގެ ނުރައްކާ" ގެ މައުލޫގެ ދަށުން ލިޔެފައިވާ މިލިޔުމުގައި އައިއެސް އިން ބުނެފައިވަނީ ހިތާމަހުރީ ސީރިޔާ އަދި ލީބިޔާގެ ރައްޔިތުން ، ޝަރީއަތާ އެއްގޮތަށް ބަލާ ބޮޑުކުރަންޖެހޭ އެމީހުންގެ ދަރިންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލަމުން ދާތީކަމަށެވެ. އަދި ދީނާދެކޮޅު އަދި ރަނގަޅުނޫން ގޮތްގޮތުގެ ގާނޫނުގެ މައްޗައް، ހަނގުރާމަ އުފައްދާ ވެރިން ވެރިކަން ކުރަމުން އަންނަ ވެރިންގެ ބިންތަކަށް ކުރާ ދަތުރުގައި އެމީހުންގެ ދަރިން ގުރުބާންކޮށްލާތީ ކަމުގައެވެ.

މި ލިޔުމުގައި އައިއެސް އިން ބުނެފައިވަނީ  ޙިލާފަތް ދޫކޮށް ދާނަމަ އެމީހުންގެ ދަރިންއާއި ކާފަދަރިން އިސްލާމްދީން ދޫކޮށް ކްރިސްޓިއާނިޓީއާއި، ދީންގަބޫލުނުކުރުމާއި، ނުވަތަ ލިބެރާލިސްމް އަށް ވަނުމަށް ދޮރު ހުޅުވިގެންދާކަމަށެވެ. މިލުޔުމުގައި އައިއެސް އިން އިރާގް އަދި ސީރިޔާގައި އިއުލާންކޮށްފައިވާ ޙިލާފާތް ދޫކޮށް ދިޔުން ސިފަކޮށްފައިވަނީ ފާފައެއްގެ ގޮތުގައެވެ.

ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިން ރައްކާތެރިކަން ހޯދުމަށް އެކި ގައުމުތަކަށް ގިނަބަޔަކު ދަނީ ހިޖުރަކުރަމުންއެވެ. އަދި ހިޖުރަކުރުމަށް ކުރާ ދަތުރު ކާމިޔާބުނުވެ ގިނަބައެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

ޔުނައިޓެޑް ނޭޝަންސް ރެފިއުޖީ އެޖެންސީ އިން ބުނެފައިވަނީ މިހާތަނަށް ސީރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ރައްކާތެރިކަން ހޯދުމަށް ހިޖުރަކުރި މީހުންގެ އަދަދު ހަތަރު މިލިއަނަށްވުރެ މައްޗައް އަރާކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް