އޮޅުވާލަން އުޅޭނެ ކަމެއްނެތް، ރަޝިޔާއިން އަންނަނީ ސީރިޔާއަށް ވާގިވެރިވަމުން: އޮފިޝަލުން

ސީރިޔާގެ ދާހިލީ ހަނގުރާމަ ހިނގަމުން އަންނައިރު ރައީސް ބައްސާރުލް އަސަދަށް ރަޝިޔާއިން ވާގިވެރިވާކަމަށްބުނެ އަޑުތައް ފެތުރުމާއެކު އެއީ ދޮގެއް ކަމަށް ރަޝިޔާއިން ބުނިނަމަވެސް ރަޝިޔާގެ ބަސް އެމެރިކާގެ ދެ އ...

10 Sep 2015 | 01:24

ސީރިޔާގެ ދާހިލީ ހަނގުރާމަ ހިނގަމުން އަންނައިރު ރައީސް ބައްސާރުލް އަސަދަށް ރަޝިޔާއިން ވާގިވެރިވާކަމަށްބުނެ އަޑުތައް ފެތުރުމާއެކު އެއީ ދޮގެއް ކަމަށް ރަޝިޔާއިން ބުނިނަމަވެސް ރަޝިޔާގެ ބަސް އެމެރިކާގެ ދެ އޮފިޝަލަކު ދޮގުކޮށްފި އެވެ.

ނަން ހާމަ ނުކުރުމަށް ސަރުތުކޮށް ރޮއިޓާސް އަދި އޭއެފްޕީއަށް އިންޓަވިއު ދީފައިވާ އެމެރިކާގެ އިސް ދެ އޮފިޝަލަކު ބުނެފައިވަނީ މި ހަފްތާގެ ތެރޭގައި ރަޝިޔާއިން ސީރިޔާއަށް ދެ ޓޭންކާއި، ހަނގުރާމަމަތީ ފްލައިޓަކާއި ހަދިޔާ ކޮށްފައި ވާ ކަން އެމެރިކާއަށް ސާފުކޮށް އެނގިފައި ވާކަމަށެވެ. އަދި ރަޝިޔާ ނޭވީ ފޯސްގެ ފައުޖެއް ސީރިޔާއަށް ފޮނުވިކަން އެނގޭ ކަމަށްވެސް އެ ދެ އޮފިޝަލުން ބުނެފައި ވެ އެވެ.

ރަޝިޔާއިން އިއްޔެ މި ވާހަކަތައް ދޮގުކުރީ އެމެރިކާއިން އެކަމާ ކަންބޮޑުވާކަމަށް އެމެރިކާއިން ހާމަ ކުރުމުންނެވެ. ރަޝިޔާއިން ބުނެފައިވަނީ އެފަދަ އެއްވެސް އަމަލެއް ނުހިންގާ ކަމަށާއި މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާއިރު ދުނިޔޭގެ އެހެން ގަދަ ބާރުތައް ހިތްހަމަނުޖެހޭ ކަމެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ތަފާސް ހިސާބުތައް ދައްކާގޮތުން ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރެފިއުޖީންގެ އަދަދު އުޅެނީ ތިން މިލިޔަނަށްވުރެ މަތީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް