ސަރުކާރުގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ރައީސް ނަޝީދު ނަންގަވާއިރު، އެލްބޯޑުގަ މިނިސްޓަރ ޒަމީރު އުޅުއްވާތާ ނުވަ މަސް: މަލީހު

ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހާލަތާއި ގުޅިގެން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. " ޕީއެންސީގެ ޚާރިޖީ ސިޔާސަތު މިހާރު ރައީސް ނަޝީ...

10 Aug 2024 | 16:47

ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހާލަތާއި ގުޅިގެން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

" ޕީއެންސީގެ ޚާރިޖީ ސިޔާސަތު މިހާރު ރައީސް ނަޝީދު ކަނޑައަޅުއްވާތަން މިފެންނަނީ، ޕީއެންސީ ސަރުކާރުގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ރައީސް ނަޝީދު ނަންގަވާއިރު އެލްބޯޑުގައި މިނިސްޓަރ ޒަމީރު އުޅުއްވާތަާ ނުވަ މަސް ދުވަސް. ޕީއެންސީ ސަރުކާރަށް ދެމީދާ ފެހި ބުޅަލަށް ޖެހުނު ހާލު ޖެހޭތަން ފެންނަނީ" މަލީހު ވިދާޅުވިއެވެ.

މަލީހު ވަނީ ފަހަކަށް އައިސް ސަެުކާރުގެ އެކި އެކި ކަންކަމާއި ގުޅިގެން އެކި ޒާތްޒާތުގެ ވާހަކަތައް ދައްކަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ބޭފުޅުންނަށް ވެސް މަލީހު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަތަކެއް ދައްކަވާފައެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައިވެސް މަލީހު ވަނީ ސަރުކާރާއި ގުޅިގެން އެކި ޒާތްޒާތުގެ ވާހަކަތައް ދައްކަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް