ރައީސް ޑރ މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް: އަދުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހި ރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަ...

10 Aug 2024 | 16:33

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހި ރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެންް ވިދާޅުވީ އެކްސްގައި ކުރެއްވެވިި ޕޯސްޓެއްގައެވެ.

"ޝުކުރިއްޔާ ރައީސް ޑރ މުއިއްުޒު. މަނިކުފާނު ތިޔަ ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް.ގައުމާ ރައްޔިތުންގެ ޙައްގުގައި ތިޔަކުރައްވާ މަސައްކަތްޕުޅަށާ ތިޔަ ދައްކަވާ ސާބިތުކަމަށް އައްސަރިބަހާ ސާބަސް ދަންނަވަން" އަދުރޭ ވިދާޅުވިއެވެ.

އެކި އެކި ސަބަބުތަކާއި ހުރެ އަވަށްޓެރި އިންޑިއާއާއި އޮތް ގުޅުން ހީނަރުވެ އެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިއަދދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމަންޔަމް ޖައިޝަންކަރު ރާއްޖެ ވަޑައިގެންފައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާއިމެދު މަޝްވަރާކުރާނެކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް