އިންޑިއާއަކީ އަބަދުވެސް އަޅުގަނޑުމެންގެ އެންމެ ގާތް އަދި އަގުނުކުރެވޭވަރުގެ ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ އިންޑިއާ ސަރުކާރުން އެ މަޝްރޫއުތައް ރާއްޖެ ސަރުކާރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އިންޑިއާ އަކީ އަޅުގަނޑުމެން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ހިނދެއްގައި އެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިވާ ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށާއި، ރަހްމަތްތެރި އިންޑިއާގެ ރައްޔިތުން، ދިވެހިރާއްޖެއަށް އަބަދުވެސް ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައެްޔިތުންގެ ނަމުގައި ވަރަށް ޙާއްސަ ޝުކުރެއްވެެސް ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް