ޔަހޫދީ އިސްރާއީލުން ޢައްޒާގެ ސްކޫލަކަށް ހަމަލާދީ މިއަދު 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
އެ ސްކޫލަކީ ހަނގުރާމައިގެ ސަބަބުން ވިއްސި ވިހާލިވެފައިވާ އެތައް ބަޔަކު ދިރިއުޅެމުންދިޔަ ވަގުތީ ހިޔާއެކެވެ. ޣައްޒާގެ ދަރާޖް ޑިސްޓްރިކްޓްގައިވާ އަލް-ތާބިން ނަމަކަށް ކިޔާ އެ ސްކޫލަށް އަމާޒުކޮށް ބޮމުގެ ވަރުގަދަ ތިން ހަމަލާއެއް ދިންކަމަށް ޢައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވެއެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމުގައިވާއިރު އިސްރާއީލުން އެޅި ބޮންތަކަކީ ކޮންމެ ބޮމެއްގެ ބަރުދަނުގައި 2000 ރާތާ ހުންނަވަރުގެ ބޮންތަކެއް ކަމުގައި ރިޕޯޓުކޮށްފައިވެއެވެ.
މި ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަކުން ފެށިގެން ހުއްޓުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންއަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 39،790 އަށްވުރެ އިތުރުވެފައެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ ލައްކައާއި ގާތްކުރާ އަދަދެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް