ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ދިމާވި ޓެކްނިކަލް މައްސަލައަކުން އޮޅިގެން، އެމްޓީޑީސީގެ ޗެއާމަން، އަބްދުﷲ ފާއިޒު އެ މަގާމުން ވަކި ކުރެވިއްޖެއެެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ފާއިޒް އެ މަޤާމުން ވަކިކުރިކަން ފުރަތަމަ އެންގިނަމަވެސް ފަހުން ވަނީ އެއީ އޮޅުމެއްކަން ޕީސީބީއިން އަންގާފައެވެ.
ފާއިޒު އަލުން މަގާމަށް އައްޔަން ކުރިކަމުގެ ލިޔުން މާދަމާ ފޮނުވާނެ ކަމަށް އެމްޓީޑީސީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެެވެ.
އެމްޓީޑީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި ފާއިޒް އައްޔަން ކޮށްފައިވަނީ އެމްޑީޕީ ސަރުކާރުން2019 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަ ވަނަަ ދުވަހުއެވެ. އެއަށް ފަހު ބޯޑުގެ ޗެއާރމަން އަކަށް އައްޔަން ކޮށްފައިވަނީ ފެބްރުއަރީ13،2019 ގައެވެ.
ފާއިޒް މަގާމުން ވަކިކުރި ކަމުގެ ލިޔުން ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ސިޓީގައި ސޮއެ ކުރައްވާފައިވަނީ ޕީސީބީގެ ރައީސް ހަމްދީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް