ރައީސް ޑރ މުއިއްޒު ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުކޮށް ހުރިހާ ޤައުމަކާ ގުޅުން ބަދަހިކުރައްވާނެ: އަޒާން

ރައީސް ޑރ މުއިއްޒު ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުކޮށް ހުރިހާ ގައުމަކާވެސް ގުޅުން ބަދަހި ކުރައްވާނެ ކަމަށް ހިތަދޫ ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވިއެވެ. އަޒާން މިހެން ވިދާޅުވެފައިވަނީ...

10 Aug 2024 | 10:14

ރައީސް ޑރ މުއިއްޒު ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުކޮށް ހުރިހާ ގައުމަކާވެސް ގުޅުން ބަދަހި ކުރައްވާނެ ކަމަށް ހިތަދޫ ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވިއެވެ.

އަޒާން މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

" ރައީސް ޑރ މުޢިއްޒު ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުކޮށް ހުރިހާ ޤައުމަކާ ގުޅުން ބަދަހިކުރައްވާނެ. އެމްޑީޕީއިން ބުނީ އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް. އަދި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިން ބަނޑަށް ޖެހިދާނެ ކަމަށް ބުނި. އޭރާ މިހާރުގެ ތަފާތަކީ މިއީ." އަޒާން ވިދާޅުވެފައިވެއެވެ.

އަޒާން މިހެން ވިދާޅުވީ އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ އައުމާއި ގުޅިގެން އެމްޑީޕީން އަދި އެހެނިހެން އިދިކޮޅު ފަރާތްތަކުންވެސް ސަރުކާރަށް ފާޑުކިޔަމުން ދާ ދަނޑިވަޅެއްގައެވެ.

އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން ހީނަރުވުމާއި ގުޅިގެން އިންޑިއާގެ މާކެޓް ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ. ދާދި ފަހުން އިންޑިއާއިންވެސް ވަނީ "ބޮއިކޮޓް މޯލްޑިވްސް " ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

މި ސަރުކާރު ފެށިގެން އައި އިރު އިންޑިއާއާއި އޮތް ގުޅުމަށް ހީނަރު ކަމެއް އައި ނަމަވެސް މި ސަރުކާރުން މިހާރު ދަނީ އިންޑިއާއި ގުޅުން ބަދަހި ކުރެއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.

އެގޮތުން ދާދި ފަހުން އެމްއެމްޕީއާރްސީގެ ފަރާތުން އިންޑިއާގައި ވަނީ " ވެލްކަމް އިންޑިއާގެ" ނަމުގައި ރާއްޖެ އިސްތިހާރު ކުރެއްވުމަށް ރޯޑްޝޯއެއްވެސް ކުރިއަށް ގެންްގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް