އިންޑިއާ އައުޓް ބޭނުންކުރީ އަސްކަރިއްޔާ ތިބުމާ ދެކޮޅަށް، އިންޑިއާ ރައްޔިތުންނާ ދެކޮޅަކަށް ނޫން: އަބާން

އިންޑިއާއައުޓް ބޭނުންކުރީ އަސްކަރިއްޔާ ތިބުމާ ދެކޮޅަށް ކަމަށާއި އެ ކެންޕެއިނަކީ އިންޑިއާގެީ ރައްޔިތުންނާ ދެކޮޅަށް ހިންގި ކެންމްޕެއިނެއް ނޫން ކަމަށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑާ ސެކިއުރިޓީ އިބްރާހިމ...

10 Aug 2024 | 09:14

އިންޑިއާއައުޓް ބޭނުންކުރީ އަސްކަރިއްޔާ ތިބުމާ ދެކޮޅަށް ކަމަށާއި އެ ކެންޕެއިނަކީ އިންޑިއާގެީ ރައްޔިތުންނާ ދެކޮޅަށް ހިންގި ކެންމްޕެއިނެއް ނޫން ކަމަށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑާ ސެކިއުރިޓީ އިބްރާހިމް އަބާން އަބްދުއްލް ލަތީފް ވިދާޅުވެއްޖެއެވެ.

އަބާން މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

"އިންޑިއާއުޓް ބޭނުންކުރީ އަސްކަރިއްޔާ ތިބުމާ ދެކޮޅަށް. އިންޑިއާ ރައްޔިތުންނާ ދެކޮޅަކަށް ނޫން. މަޝްވަރާކޮށް އެމީހުން ވަނީ ފޮނުވާލާފަ. އިންޑިއާ ހާރިޖީ ގުޅުން ބޭއްވުމަކީ އަލުން އެގައުމުގެ އަސްކަރިއްޔާ ގެނައުމެއް ނޫން. މިނިވަންކަމަށް ބުރޫ އަރާ ކަމެއް ރައީސް ޑރ މުއިއްޒު ނުކުރައްވާނެ" އަބާން ވިދާޅުވިއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެ އައުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މީގެ ކުރިން ސަރުކާރުގެ ކޯލިޝަން ޕާޓިީ ތަކުން ކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ފޮޓޯ ތަކާއި ވީޑިއޯތައް ވެސް ދަނީ ސޯސަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރަމުންނެވެ.

އެހެންނަމަވެސް އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުމަށް ބޮޑަށް އަސަރުކުރީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދުރަ މޯދީއާއި ގުޅިގެން ސޯސަލް މީޑިއާގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ދުވަސްވީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ.

މި ސަރުކާރުން މިހާރު އިންޑިއާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ކަން ފާހަގަ ކޮށްލަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް