ފެނިގެން މިދަނީ ހެޔޮއެދޭކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަވަށްޓެރި ޤައުމަކާއި މި ޤައުމު ޖައްސަން އުޅޭތަން: ޝިއުނާ

އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކުން މި ޤައުމާ އަވަށްޓެރިގައުމަކާ ޖައްސަން މައްސަކަތް ކުރަމުން ދާ  ކަމަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވިދާޅުވެއްޖެއެވެ. ޝިއުނާ މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވެވި ޕޯސްޓެ...

10 Aug 2024 | 08:09

އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކުން މި ޤައުމާ އަވަށްޓެރިގައުމަކާ ޖައްސަން މައްސަކަތް ކުރަމުން ދާ  ކަމަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

"ފެނިގެން މިދަނީ މި ޤައުމަށް އެންމެ ހެޔޮއެދޭކަމަށް ބުނެ، ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަންވާ ޚާރިޖީ ގުޅުމުގެ ފިލާވަޅު ނަގައިދޭ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން މިއަދު ނުކުމެ އަވަށްޓެރި ޤައުމަކާ މި ޤައުމު ޖައްސަން އުޅޭ މަންޒަރު. އެއީކީ ނޫން ޚާރިޖީ ސިޔާސަތު އޮންނަންޖެހޭ ގޮތަކީ. މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ހުރަސްކުރުމުގެ ޖާގަނުދީ ހުރިހާ ޤައުމަކާވެސް ގުޅުން ބަދަހިވާންޖެހޭ. މިއީ މި ސަރުކާރާ ކުރީ ސަރުކާރުތަކާ ހުރި ތާފާތު!" ޝިއުނާ ވިދާޅުވިިއެވެ.

ޝިއުނާ މިހެން ވިދާޅުވެފައިމިވަނީ، އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެ އައުމާއި ގުޅިގެން އިދިކޮޅުފަރާތް ތަކުންވެސް އަދި އާއްމުންވެސް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ދާދި ފަހުން އިންޑިއާއާއި ރާއްޖެއާއި ދެމެދު ޖެހުނު މައްސަލަާއިގައި އިންޑިއާއިންވެސް ވަނީ ރާއްޖޭގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ދުވަސްވީ ގުޅުމަށްވެސް މިކަމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

އެހެން ނަމަވެސް އިންޑިއާއާއި ގުޅުން ބަދަހި ކުރުމަށް  ސަރުކާރުން މިހާރު ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް