އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖޭގައި ކާމަރަނގަ ގަހެއް އިންދަވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިޔަމް ޖޭޝަންކަރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި ދެބޭފުޅުން އެކުގައި ރާއްޖޭގައި ކާމަރަނގަ ގަހެއް އިންދަވައިފިއެވެ. މިކަން ހާމަކުރައްވައި...

10 Aug 2024 | 07:52

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިޔަމް ޖޭޝަންކަރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި ދެބޭފުޅުން އެކުގައި ރާއްޖޭގައި ކާމަރަނގަ ގަހެއް އިންދަވައިފިއެވެ.

މިކަން ހާމަކުރައްވައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ގަހަކީ ރާއްޖެއިން ފަށާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމާއި އިންޑިއާގެ ޕްލާންޓްފޯރމަދަރ އިނީޝިއޭޓިވްގެ ދަށުން އިންދި ގަހެއް ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާއި ދެމެދުގެ ގުޅުން ބަދަހިކުރުމުގެ ދަތުރުފުޅެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް