އިސްރާއީލަށް އަދަބުދޭން އެންމެ މަތިން އޯޑަރު ލިބިއްޖެ: އީރާނު އަސްކަރިއްޔާ

އިސްރާއީލަށް އަދަބުދޭން ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އޯޑަރު ދެއްވާފައިވާކަމުގައި އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްއިން (އައިއާރްޖީސީ) އިން ބުނެފިއެވެ. އައިއާރްޖީސީގެ ޑެޕިއުޓީ ކޮމާންޑަރު ...

10 Aug 2024 | 07:31

އިސްރާއީލަށް އަދަބުދޭން ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އޯޑަރު ދެއްވާފައިވާކަމުގައި އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްއިން (އައިއާރްޖީސީ) އިން ބުނެފިއެވެ.

އައިއާރްޖީސީގެ ޑެޕިއުޓީ ކޮމާންޑަރު އަލީ ފާދަވީ އިއްޔެ ބުނެފައިވަނީ ހަނިއްޔާ ޝަހީދުކޮށްލި މައްސަލައިގާ އިސްރާއީލަށް އަދަބުދިނުމަށް ސުޕްރީމް ލީޑަރު އަމުރުކުރައްވާފައިވާކަމަށާއި އަމުރު ތަންފީޒު ކުރާނެ ކަމަށެވެ.

މި މައްސަލައިގާ އީރާނުން ބަދަލު ހިފާނެކަމުގައި ކުރިންވެސް ބެލެވުނެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މިކަން މިހާރު މިވަނީ އިޢުލާނުކޮށްފައެވެ.

އެހެންނަމަވެސް ބަދަލުހިފުމުގެ ހަމަލާއެއް ދޭނެ ވަކި އިރެއް ބުނެފައެއް ނުވެއެވެ.

މަސްރަހު ދިރާސާކުރާ މުރާސިލުން ދެކޭގޮތުގައި ދުރާލާ އިންޒާރު ދިނުމަކާނުލާ އީރާނުން އަދި އީރާނާއި ގުޅިފައިވާ ޖަމާއަތްތަކުން ހަމަލާތައް ދީފާނެކަމަށެވެ. އަދި ހަމަލާތައް ވަރުގަދަވާނެކަމުގައި ބެލެވޭކަމުގައިވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އީރާނުން އިސްރާއީލަށް ހަމަލާތައް ދޭން ފަށައިފާނެކަމަށް ބެލެވޭއިރު އިސްރާއީލަށް އަބަދުވެސް ވާގިވެރިވަމުން އަންނަ އެމެރިކާއިން އަންނަނީ މިހާރުވެސް އެކަމަށް ތައްޔާރުވުމަށް ދުރާލާ އިސްރާއީލަށް އިތުރު ހަތިޔާރު ފޮނުވަދެމުންނެވެ. އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް