ލިވިން އެކްސްޕޯ: ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ހައުސިންގ ފައިނޭންސިންގެ ގިނަ ފުރުސަތުތަކެއް

މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް އިން ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ...

10 Aug 2024 | 07:05

މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް އިން ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާރޗޭސް ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުންނެވެ. އަދި މިވަގުތު މާކެޓްގައި އެންމެ ދިގުމުއްދަތަކަށް (25 އަހަރު) ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ބީއެމްއެލް އިސްލާމިކް ގެ ފައިނޭންސިންގ ޕްރޮޑަކްޓްތައް ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އަހަރުގެ މެއި މަހު ބީއެމްއެލް އިސްލާމިކް އިން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރުޢީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑުވެސް ތައާރަފްކޮށްފައެވެ.

ލިވިން އެކްސްޕޯ ކުރިޔަށްދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް