އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 – ކ. ހިންމަފުށީ ގެ ޗެމްޕިއަންކަން ޓީމް ސިފްކޯއިން ހޯދައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބޭއްވުމަށް ނިންމާފައެވެ.
ކ. ހިންމަފުށީ މަސްރޭހަށް ރެޖިސްޓަރ ކުރި 21 އަށްވުރެ ގިނަ ޓީމާއެކު ހިންމަފުށީގައި މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ އިއްޔެގައެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.
- ޗެމްޕިއަން ޓީމް: 999.35 ޕޮއިންޓާއެކު ޓީމް ސިފްކޯ
- ދެވަނަ ޓީމް: 807.85 ޕޮއިންޓާއިއެކު ގޯޅިއަންސް ސްޕޯޓްސް ކްލަބް
- 3ވަނަ ޓީމް: 608.1 ޕޮއިންޓާއިއެކު ޑިޓިއުން ފިޝިންގ
- އެންމެ ބަރު މަސް: ހަސަން ނައީމް، މާސްޓަރކްލާސް – 37.7 ކިލޯގެ ފާނަ
- އެންމެ މޮޅު ކެޔޮޅު – ފިރިހެން: ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް، 25 މަސް
- އެންމެ މޮޅު ކެޔޮޅު – އަންހެން: ފާތިމަތު ފެޒްލީން، ޑިޓިއުން ފިޝިންގ، 17 މަސް
އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ހިންމަފުށީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް