ޔާމީނުގެ ވެރިކަމުގައި ލިޔުން ލިބި، މި ވެރިކަމުގައި ފްލެޓް ނުލިބުނު މީހުންނަށް މުއިއްޒު ފްލެޓް ދެނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިޔާއިން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، މި ވެރިކަމުގައި ފްލެޓް ނުލިބުނު މީހުންނަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދީގެން ފްލެ...

10 Aug 2023 | 16:11

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިޔާއިން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، މި ވެރިކަމުގައި ފްލެޓް ނުލިބުނު މީހުންނަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދީގެން ފްލެޓް ދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެވެ.

މުއިއްޒު ވަނީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން މިއަދު ހަވީރު ހިޔާ ސަރަހައްދުގައި ދޮރުން ދޮރަށް ހިންގަވާފައއެވެ. މުއިއްޒުއަށް މަރުހަބާ ކިޔުމަށްޓަކައި ގިނަ އަދަދެއްގެ އާއްމުން އެއްވެ ތިއްބެވެ.

ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޔާމީނުގެ ސަރުކާރުގައި އިއުލާނު ކޮށްފައިވާ ފްލެޓް ލިސްޓުގެ ތެރެއިން، މި ސަރުކާެރުން ފްލެޓް ނުދިން މީހުންނަށް އޭރުވެސް ވީ ވައުދު އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައު އަޅާ ފްލެޓްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން އެ ފަރާތްތަކަށް ފްލެޓް ހަމަޖެހިގެންދާނެ" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ވިސްނުންފުޅަކީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް