މި ފަހަރުގެ އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓް ފޯރަމް 2023، މިދިޔަ އަހަރާ އަޅާ ބަލާއިރު، ގިނަ ކުންފުނިތަކުން ބައިވެރިވެ، މާ ތަފާތުގޮތަކަށް ގެނެސްދީ އަދި މާ ކާމިޔާބު ކަމަށް މޯލްޑިވެސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެކްޒެކިއުޓިވް އޮފިސާ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، އިއްޔެ ޕެެރެޑައިސް މޯލްޑިވްސް ރިސޯޓުގައި ހުންނަވައި ދެއްވި އިންޓަވިއުއެއްގައެވެ.
"މި ފަހަރު މި ފޯރަމްގެ އެންމެ މައިގަނޑު ބޭނުމަކީ ގިނަ ކުންފުނިތަކާއެއްކޮށް ރިސްކް މެނޭޖްމެންޓް ގެ ޑިސްކަޝަން އިތުރަށް ގެންގޮސް، އެބަޔަކު އަނެއްބައެއްގެ އެކްސްޕީރިއެންސް އިން ދަސްވެފަހުރި ކަންތައްތައް އެނެއްބަޔަކަށް އެނގި،... މައުލޫމާތު އެކްސްޗޭންޖް ކުރާ ޕްލެޓްފޯމް އަކަށް މި ފޯރަމް ހެދުން" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރަށް، ރާއްޖޭގެ ބިސްނަސް އޯގަނިޒޭޝަންތަކުގެ މިހާރު މި ދިމާވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އެއްޗަކީ ރިސްކް މެނޭޖްމެންޓް ކަމަށްވާއިރު، މި ކަމަކީ އާދަކާދާގެ ތެރޭގައި އޮންނަ ކަމެއް ނޫންކަމަށް އެމްޕީއެލް ގެ ޗީފް ރިސްކް އޮފިސާ އިބްރާހިމް ޒާހިރު ވިދާޅުވެފައިވެއެވެ.
އަދި އޭނާ ވިދާޅުވީ ގިނަ ކުންފުނިތަކުން ގެއްލުނން ތަކަށް ތައްޔާރުވެފައި ނެތްކަމަށާއި، އޭގެ ސަބަބުން އެ ކުންފުނި ތަކުގެ ނަމަށް ހުތުރުވެ، ގެއްލުން ލިބޭނެ ކަމަށެވެ. އެގޮތުން މިހާރު މޮޑާން ބިސްނަސް ޗޭންޖިންގ އެންވާރަމެންޓެއްގައި ބިސްނެސް މެނޭޖް ކުރެވޭނީ ރިސްކް މެނޭޖްމެންޓް ބޭނުންކޮށްގެން ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
"ކުރީ އަހަރާ ހިލާފަށް، މިއަހަރު ބައިވަރު ސްޕޮންސަރ ތަކާއި، އަދި އޭގެ އިތުރުން ސަރުކާރުގެ ކުންފުނިތަށްވެސް އަޅުގަންޑުމެންނާއި ގުޅިގެން މިކަން ގެންދާތީ، އަޅުގަނޑުމެންނަށް ހަމަ ޔަގީން ކުރެވެނީ ދިވެހިރާއްޖެއަށް މި ސަގާފަތް ގެނެވޭނެ ކަމަށް ،އަޅުގަނޑުމެން މިކިޔާ 'ރިސްކް އެވެއާރ ކަލްޗާ'، އަޅުގަނޑުމެންގެ އޯގަނިޒޭޝަންތަކަށް އަންނާނެ " އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.
މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑް ރިސޯޓްގައި އެއް ހަފްތާގެ މުއްދަތަށެވެ. މިދިޔަ އަހަރު އަދި މިއަހަރުވެސް މި ފޯރަމް ކުރިޔަށްގެންގޮސްފައިވަނީ އެމްޕީއެލް ގެ ފަރާތުންނެވެ.
މި އަހަރުގެ ފޯރަމްގެ ޝިޢާރަކީ 'ގްލޯބަލް ރިސްކްސް، ލޯކަލް އިމްޕްލިކޭޝަންސް: ނެވިގޭޓިންގ ތުރޫ ދިސް ކޭއޮސް' އެވެ.
އެގޮތުން މި ޝިޢާރުގެ ދަށުން ވަޒީފާ އަދި ވިޔަފާރި މާހައުލުގައި ކުރިމަތިވާ ތަފާތު ރިސްކްތަކާއި ރިސްކް މެނޭޖްމެންޓްގައި ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކާއި ގޮތްތައް އަދި އެންމެ ޒަމާނީ ޓްރެންޑްތަކަށް އަލިއަޅުވާލާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް