މުއިއްޒުގެ ކެމްޕޭން ޖަގަހައެއް މިރޭ ހުޅުވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހަބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަގަހައެއް މިރޭ ހުޅުވަން ތައްޔާރުވެއްޖެއެވެ. 'ދިވެހިންގެ ޖަގަހަ'ގެ ނަމުން ނަ...

10 Aug 2023 | 11:12

ކުރިއަށް އޮތް ރިޔާސީ އިންތިހަބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަގަހައެއް މިރޭ ހުޅުވަން ތައްޔާރުވެއްޖެއެވެ.

'ދިވެހިންގެ ޖަގަހަ'ގެ ނަމުން ނަންދީފައިވާ މި ޖަގަހަ ހުޅުވުން އޮތީ މިރޭ 8:45 ގައި އަލިމަސް ކާނިވަލުގައެވެ.

އޭނާގެ ރަނިންމޭޓަކީ ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.

މުއިއްޒުއާމެދު ހިތްހަމަ ނުޖެހި ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ތެރޭގައި ކުޑަކޮށް ދުރުގައި ތިބި އެ ކޯލީޝަންގެ ލީޑަރުންވެސް  ވަނީ މިހާރު ޑރ. މުއިއްޒު އެންޑޯޒް ކޮށް އެކަން ހާމަކޮށްފައެވެ.

އެގޮތުން ސެނެޓުގައި ބޮއިކޮޓް ވޯޓު ނެގުމާއި ހަމައިން ކުޑަކޮށް ދުރުގައި ތިބި ބައެއް ލީޑަރުން ކަމުގައިވާ ޝިޔާމް އާއި އާދަމް ޝަރީފާއި ޝުޖާއު އާއި ޓޮމް އަދި ސައީދު ވަނީ އެ ކޯލީޝަންގެ މައި ސެންޓަރު، ޕީޕީއެމް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަނީ އެ ފަރާތްތައްވެސް ވަކިވަކިން  މުއިއްޒާއި މުއިއްޒުގެ ރަނިންމޭޓް ސެމްބެ އެންޑޯޒްކޮށް ތާއިދުކުރާކަން ހާމަކޮށްފައެވެ.

އެ ލީޑަރުންވެސް މިރޭ މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފައިވާއިރު އެފަރާތްތަކުން ބުނީ އޭގެ ކުރިން ދެއްކެވި ވާހަކަތަކަކީ ޑރ. މުއިއްޒަށް ތާއީދު ނުކުރާތީ ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި އެއީ ރައީސް ޔާމީންގެ ހައްގުގައި ދެއްކެވި ވާހަކަފުޅުތައް ކަމަށެވެ.

މިހާރު މުޅި ލީޑަޝިޕް ޑރ. މުއިއްޒުގެ ފަހަތުގައި ތިބިކަން ހާމަކުރިއިރު، މުޅި ރާއްޖޭގައި ކެމްޕޭނު ޓީމުތައް ހަރަކާތްތެރިވާން ފަށާނެކަން އެ ކޯލީޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް