ހުޅުމާލެއިން ގެއްލުނު ކުއްޖާ މާލެއިން ފެނިއްޖެ

ހުޅުމާލެއިން އިއްޔެ ގެއްލުނު ކުޑަ އަންހެއްންކުއްޖާ މިއަދު މާލެއިން ފެނިފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ހާމަކުރީ މިއަދު ހެނދ...

10 Aug 2023 | 10:23

ހުޅުމާލެއިން އިއްޔެ ގެއްލުނު ކުޑަ އަންހެއްންކުއްޖާ މިއަދު މާލެއިން ފެނިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ހާމަކުރީ މިއަދު ހެނދުނުއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހުޅުމާލެއިން ކުޑަ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ރ. މާކުރަތު ގަހާކޯޅިގޭ، އުމުރުން 12 އަހަރުގެ އައިޝާ ބިން މަހްމޫދު ރިޔާޒް ނަމަކަށްކިޔާ އަންހެން ކުއްޖެކެވެ.

މި އަންހެންކުއްޖާ ގެއްލިގެން ހޯދަމުން އަންނަނީ އިއްޔެ އިރު އޮއްސި 06:00 ހާއިރުން ފެށިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު 13:44 އެހައިކަންހާއިރު މާލެ އިން ކުއްޖާ ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް