މި ސަރުކާރުގެ ލިސްޓާ އެއްގޮތަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއް ކެނޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ވެރިކަމެއްގައި، މި ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓަށް ވާނީ ކިހިނެތްތޯ މީހުން ސުވާލު ކުރަމުން ދާތީ އެކަމުގެ ޖަވާބެއްގެ ގޮތުގައި އުމަރު ވިދާޅުވީ،
ސަރުކާރަކުން، ރައްޔިތުންނާ ސިދާ ގުޅުން ހުރި މިފަދަ ކަމެއްގައި ގޮތެއް ނިންމަވާ، އިޢުލާން ކުރައްވާފައިވާ ލިސްޓަކަށް ބަދަލު ގެނައުމަކީ ދެން އަންނަ ސަރުކާރަކުން އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، އުމަރަށް ވެރިކަން ލިބިއްޖެނަމަވެސް މި ސަރުކާރުން އިޢުލާން ކުރައްވާފައިވާ ލިސްޓަށް ބަދަލެއް ނުގެނެސް، ހަމަ އެލިސްޓަށް އެ ގޯތި ތަކާ ފްލެޓް ދޫކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން އުތުރު ތިލަފަޅު ހިއްކާ، ގޯތި ދޫކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
މިހާރު މުއްދަތު އޮތް ގޮތުން، މި ސަރުކާރުން ގޯތި ދިނުމަށް ވެފައިވާ ވަޢުދު ފުއްދުމަށް ދެން ވަގުތު ލިބޭނެ ކަމަކަށް ނުފެންނަކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ، އިރާދަ ކުރެއްވިއްޔާ އެ ވަޢުދު ފުއްދާދޭނީ އެމަނިކުފާނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް