އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ ‘އުރީދޫ މަސްރޭސް 2023’، 20 ޓީމާއެކު ކުޅުދުއްފުށި ސިޓީ ގައި މާދަމާ ފަށާނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.
އުރީދޫ އިން ބުނާގޮތުގައި މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓަރ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.
އެގޮތުން މަސްރޭހުގެ މާލެ ސިޓީގެ މުބާރާތް މިދިޔަ ހުކުރު ދުވަހުވ ވަނީ ކުރިއަށް ގެންގޮސްފައެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ގައި ބޭއްވުމަށް ނިންމާފައެވެ.
ކޮންމެ ސިޓީއެއްގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚުތަށް:
- ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11
- އައްޑޫ ސިޓީ: އޮގަސްޓް 18
- ފުވައްމުލައް ސިޓީ: އޮގަސްޓް 25
މާލެއިން 34 ޓީމު ބައިވެރިވާއިރު، ކުޅުދުއްފުށި ސިޓީން 23 ޓީމް، އައްޑޫ ސިޓީގެ 13 ޓީމް، އަދި ފުވައްމުލައް ސިޓީގެ 13 ޓީމަކާއެކު ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެކަމަށް އުރީދޫ އިން ބުނެފައިވެއެވެ.
މި މުބާރާތުގައި ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.
ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ފައިސާގެ އިނާމު ލިބިގެންދާނެގޮތް:
- އެއްވަނަ ޓީމް: 25،000 ރުފިޔާ
- ދެ ވަނަ ޓީމް: 10،000 ރުފިޔާ
- 3 ވަނަ ޓީމް: 5000 ރުފިޔާ
- އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
- އެންމެ މޮޅު އަންހެން ކެޔޯޅު: 1000 ރުފިޔާ
އުރީދޫއިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އަދި އުރީދޫ މަސްރޭހު ގެ ކުޅިވަރު ބަލާލުމަށް އެންމެހައި ފަރާތްތަކަށް ދިއުމަށް އުސްފަސްގަނޑު ސަރަހައްދަށް އެ ކުންފުނިން ދައުވަތު އަރުވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް