ހުޅުމާލެއިން ވަގަށް ނަގާފައިވާ 449936 ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ބައެއް ތަކެތި ހޯދައި އެތަކެތީގެ ވެރިފަރާތްތަކާ ހަވާލުކޮށްފި ކަމަށް މޯލެޑިވެސް ޕޮލިސް ސާރވައިސް އިން ބުނެފިއެވެ. ފުލު...

10 Aug 2023 | 07:34

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ބައެއް ތަކެތި ހޯދައި އެތަކެތީގެ ވެރިފަރާތްތަކާ ހަވާލުކޮށްފި ކަމަށް މޯލެޑިވެސް ޕޮލިސް ސާރވައިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ހޯދާފައިވަނީ މިދިޔަ ޖުލައި މަހު އެ ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ތަކެއްތި ކަމަށެވެ.

އެގޮތުން ހޯދާފައިވާ ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި، ބައިސްކަލާއި ސައިކަލު، އަދި މިގެ ތެރެގައި އެހެނިހެން ތަކެތިވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މި ތަކެތީގެ އަގު 449936 ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް