ރަސްދޫގެ މަޝްރޫޢުތަކުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި

އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކުރެވިފައި ކަމަށް މޯލްޑިވެސް ޓްރާސްޕޯޓް އެންޑެ ކޮ...

10 Aug 2023 | 07:31

އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކުރެވިފައި ކަމަށް މޯލްޑިވެސް ޓްރާސްޕޯޓް އެންޑެ ކޮންޓްރޭކްޓިންގ ކަމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 106,552 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިން ހިއްކުމާއި، 106 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1,656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރަށް، 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 244 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ.

މީގެ އިތުރަށް، 43 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 20 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ އިތުރަށް، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، އަދި އިންޓެގްރޭޓެޑް ނެޝިނަލް ޕަބްލިކް ފެރީ ނެޓްވޯކް އަށް އެކްސެސް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތެވެސް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއީ 80.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް