ހިޔާ ފްލެޓް ސަރަހައްދުގައި އިތުރު ބަސްހުއްޓިއެއް ގާއިމްކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ 14، 15 އަދި 16 ވަނަ ޓަވަރުގައު ދިރިއުޅޭ ގިނަ ރައްޔިތުންގެ އެދުމަށް ރިއާޔަތްކޮށް، އަރބަންކޯގެ އެހީއާއި އެކު ހިޔާ ސަރަހައްދުގެH16  ގައި ބަސް ހުއްޓިއެއް ވަނީ ...

10 Aug 2023 | 07:03

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ 14، 15 އަދި 16 ވަނަ ޓަވަރުގައު ދިރިއުޅޭ ގިނަ ރައްޔިތުންގެ އެދުމަށް ރިއާޔަތްކޮށް، އަރބަންކޯގެ އެހީއާއި އެކު ހިޔާ ސަރަހައްދުގެH16  ގައި ބަސް ހުއްޓިއެއް ވަނީ މިހާރު ޤާއިމްކުރެވިފައި ކަމަށް މޯލްޑިވެސް ޓްރާސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކަމްޕަނީ(އެމްޓީސީސީ) އިން ބުނެފިއެވެ.

އެގޮތުން، އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ޙިދުމަތުގައި ހިމެނޭ R6، R7، R8، އަދި R9 ބަސް ރޫޓްގެ ޙިދުމަތް މިއަދުން ފެށިގެން H16 ގައި ޤާއިމްކޮށްފައިވާ ބަސް ހުއްޓިއަށް ލިބޭނެކަމުގެ އުފާވެރި ޙަބަރު ކަސްޓަމަރުންނަށް އެމްޓީސީސީ އިން ވަނީ އަރުވާފައެވެ.

މީގެ އިތުރަށް، މި ބަސްހުއްޓީގެ ސަބަބުން އާރްޓީއެލް ބަހުގެ ޙިދުމަތް ހޯދުމުގައި ގިނަ ލުއިފަސޭހަތަކެއް މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެ ކުންފުނިން އުންމީދުކުރާ ކަމަށް ބުނެއެވެ.

އަދި އެ ކުންފުނިން ޙިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތަކާއި، އުފެއްދުންތެރި ހިޔާލުތަކަށް ރިއާޔައްކުރާނެކަމުގައި އެމްޓީސީސީ އިން ބުނެފައިވެއެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް