އިލްމުވެރިންގެ ގުޅުމުން މުއިއްޒުގެ ސިޔާސަތުތަކާ ބެހޭ މައުލޫމާތު ސާފުކޮށްފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ ބެހޭ މައުލޫމާތު ސާފު ކުރުމަށް އިލްމުވެރިންގެ ގުޅުމުން ބައްދަލުވުމެއް ބާއްވައިފިއެވެ....

10 Aug 2023 | 05:08

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ ބެހޭ މައުލޫމާތު ސާފު ކުރުމަށް އިލްމުވެރިންގެ ގުޅުމުން ބައްދަލުވުމެއް ބާއްވައިފިއެވެ.

އެ ޖަމިއްޔާއިން ބުނީ، މުއިއްޒުގެ ސިޔާސަތުތަކާ ބެހޭގޮތުން މައުލޫމާތު ސާފު ކުރުމަށް ރޭ އެއް ގަޑިއިރުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"2023ގެ ރިޔާސީ ކެނޑިޑޭޓު، މާލޭ ސިޓީ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ސިޔާސަތުތަކާ ބެހޭ މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ޢިލްމުވެރިންގެ ގުޅުމުން ވަނީ 09.08.2023ވީ ބުދަ ދުވަހުގެ ރޭގަނޑު 11:30އިން 12:30އަށް އެމަނިކުފާނާ އެކު މުހިއްމު ބައްދަލުވުމެއް ކުރިއަށް ގެންގޮއްސައެވެ." އެ ޖަމިއްޔާއިން ބުންޏެވެ.

މުއިއްޒުއަކީ ރިޔާސީ އިންތިހާބުގައި ވާދަކުރާ އަށް ކެނޑިޑޭޓުންގެ ތެރެއިން އެއް ކެނޑިޑޭޓެވެ.

މި އަހަރުގެ އިންތިހާބުގައި ވާދަކުރައްވަނީ ފަސް ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނާއި އަމިއްލަ ތިން ކެނޑިޑޭޓުންނެވެ. ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ނިމިފައި ވާއިރު، މިހާރު ފޯރިއާއެކު ރިޔާސީ ރޭހަށް ތައްޔާރުވުމަށް ހުރިހާ ކެނޑިޑޭޓުން ދަނީ ފޯރިއާއެކު ތައްޔާރު ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް