ގާސިމްގެ ވެރިކަމެއްގައި އުފަންވާ ކޮންމެ ކުއްޖަކަށް 5000 ރުފިޔާގެ ވައުޗާއެއް ދޭނެ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމްގެ ވެރިކަމެއްގައި އުފަންވާ ކޮންމެ ދަރިއަކު އުފަންވުމާއެކު މާލީ އެހީގެ ގޮތުގައި 5000 ރުފިޔާގެ ވައުޗާއެއް ދޭން މެނިފެސްޓޯގައި ހިމަނައިފިއެވެ. ގާސިމްގެ މެނިފެސްޓޯ އ...

09 Aug 2023 | 19:29

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމްގެ ވެރިކަމެއްގައި އުފަންވާ ކޮންމެ ދަރިއަކު އުފަންވުމާއެކު މާލީ އެހީގެ ގޮތުގައި 5000 ރުފިޔާގެ ވައުޗާއެއް ދޭން މެނިފެސްޓޯގައި ހިމަނައިފިއެވެ.

ގާސިމްގެ މެނިފެސްޓޯ އިފްތިތާހު ކޮށްފައި ވަނީ ރޭ މ. ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މެނިފެސްޓޯގައި ވަނީ 'ބާރުވެރި އަންހެނާ' ސިޔާސަތު ހިމަނާފައެވެ. އެ ސިސާޔަތުގައި ހަ ކަމެއް ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން އަންހެނުންގެ ރައްކާތެރިކަމާއި ހިމާޔަތަށް ހާއްސަ ޔުނިޓެއް ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށް، އަންހެނުންނަށް ކުރާ އަނިޔާ ރިޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމަނާފައި ވެއެވެ.

ސަރުކާރުގެ އެކި ދާއިރާތަކާއި މަސައްކަތްތަކުގައި ގާބިލު އަންހެނުންނަށް އެއްވެސް ބާވަތެއްގެ ތަފާތު ކުރުމެއް ނެތި ފުރުސަތު ހޯދައިދިނުމާއި ސިޔާސީ މަގާމުތަކަށް ޖިންސުގެ ކުޑަވެސް ތަފާތުކުރުމެއް ނެތި އެންމެ އެކަށީގެންވާ ތައުލީމީ ގާބިލު މީހުން ހަމަޖެއްސުމަށް އެ ސިޔާސަތުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އެ ސިޔާސަތުގައި ވަނީ، އެކަނިވެރިންނާއި ހާލުގައި އުޅޭ އަންހެނުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ވިހެއުމުން ލިބޭ ހަމަސް ދުވަހުގެ ޗުއްޓީ ހަމަކޮށް، ޖެހިގެން އަންނަ ހަމަސް ދުވަހަކީ އޮފީހާއި ގެއިިން މަސައްކަތް ކުރެވޭނެ މުއްދަތަށް ހަދައިދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް