ގާސިމްގެ ވެރިކަމެއްގައި، ބޭސްފަރުވާއަށް ދާއިރު ހުރުމާއި ކެއުން އާސަންދައިގައި ހިމަނަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު ހުރުމާއި ކެއުން ވެސް އާސަންދައިގައި ހިމެނުމަށް ނިންމައިފިއެވެ. ރޭ މ. ކުނޫޒުގައި...

09 Aug 2023 | 19:15

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު ހުރުމާއި ކެއުން ވެސް އާސަންދައިގައި ހިމެނުމަށް ނިންމައިފިއެވެ.

ރޭ މ. ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިައްޔާތެއްގައި ވަނީ ޖޭޕީގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކޮށްފައެވެ.

ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ އެއް ސިޔާސަތަކީ އޯގާތެރި ސިއްހީ ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން، ރާއްޖެއިން ފެންވަރު ރަނގަޅު ބޭސްފަރުވާއެއް ލިބޭނެ ގޮތް ހަދައިދިނުމަށްޓަކައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ފެންވަރު ރަނގަޅު ޓާޝަރީ ދެ ހޮސްޕިޓަލް އަޅާއި، ފުރަތަމަ ދެ އަހަރުގެ ތެރޭގައި ބޭނުން ކުރަން ފެށުން ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަސް ދިނުމަށް ވަނީ އެ ސިޔާސަތުގައި ހިމަނާފައެވެ.

އެ ސިޔާސަތުގައި ދެން ހިމެނެނީ:-

  • ހަފްތާއެއްގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަސް ދެއްކޭނެގޮތް ހަދައިދިނުން
  • "ގައުމީ ޑައިގްނޮސްޓިން ނިޒާމް" ތައާރަފު ކުރުން
  • "ގައުމީ މެންޓަލް ހެލްތް ޕްރޮގްރާމް" ހިންގުން
  • 50 އަހަރުން މަތީގެ މީހުން އަހަރަކު އެއްފަހަރު ހަދަންޖެހޭ ހެލްތް ސްކްރީނިންގް ތައާރަފު ކުރުން
  • 40 އަހަރުން މަތީގެ އަންހެނުން އަހަރަކު އެއްފަހަރު ހަދަންޖެހޭ ހާއްސަ ސަރވިކަލް އަދި އުރަމަތީގެ ސްކްރީނިންގް ތައާރަފް ކުރުން
  • 40 އަހަރުން މަތީގެ ފިރިހެނުން އަހަރަކު އެއްފަހަރު ހަދަންޖެހޭ ހާއްސަ ޕްރޮސްޓްރޭޓް ސްކްރީނިންގް ތައާރަފު ކުރުން
  • ތެލެސީމިއާ ކުދިންނަށް ލޭ އެޅުމުގައި ހުރި ދަތިތައް ހައްލުކޮށް، ހާއްސަ އިނާޔަތެއް ހަމަޖެއްސުން
  • ކްރޫޒިންގް ހޮސްޕިޓަލެއްގެ ހިދުމަތް ދިނުމާއެކު ސްޕެޝަލިސްޓް އައުޓްރީޗް ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ.

އޭގެ އިތުރުން، ދޮށީ އުމުރުގެ މީހުންނާއި އެނދުމަތި ކޮށްފައިވާ މީހުންގެ ގާތަށްގޮސް ފަރުވާ ދޭ ނިޒާމެއް ތައާރަފް  ކުރުންވެސް އެ ސިޔާސަތުގައި ވަނީ ހިމަނާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް