އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި އަދި މެދުއިރުމައްޗާއި، އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާ ގައި ހަރަކާތްތެރިވާ އައި.ސީ.ޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމުގައިވާ އުރީދޫ ގްރޫޕު ގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން - "އަޕްގްރޭޑް ޔޯ ވޯލްޑް" މިއަދު ރާއްޖޭގައި އިފްތިތާހުކޮށްފިއެވެ.
އުރީދޫން މައުލޫމާތުދެއްވާގޮތުގައި އަޕްގްރޭޑް ކޮށްފައިވާ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މާހައުލުގައެވެ. އޭޝިއާގައި އުރީދޫ އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އަކީ، އުރީދޫ ގްރޫޕުގެ ތަސައްވަރާއި އަމާޒު އެންމެ ފުރިހަމަ އަށް ތަމްސީލްކޮށްދިނުމަށް އެކުންފުނީގެ ބްރޭންޑްއަށް ގެނައި މި ބަދަލު އެންމެ ފުރަތަމަ އިފްތިތާހު ކުރި ކުންފުންޏެވެ.
އުރީދޫގެ އާ ޓެގްލައިން 'އަޕްގްރޭޑް ޔޯ ވޯލްޑް' އަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް، އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކާއި ތައާރަފް ކުރާ އައު އީޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މަގްސަދު އެންމެ ފުރިހަމައަށް ދައްކުވައިދޭ ޓެގްލައިނެވެ. އުރީދޫގެ އައު އައިޑެންޓިޓީ އަކީ އެ ކުންފުނިން ކުރަމުން އައި ދަތުރުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމަކޮށް ވިޔަފާރިއަށް ގެންނަމުންއަންނަ ކުރިއެރުމާއި އެއްގޮތައް މަތިން ގެނެވުނު ބަދަލެއް ކަމުގައި އުރީދޫއިން ހާމަކުރެއެވެ.
އުރީދޫ ބްރޭންޑަށް އައި މި ބަދަލު އިތުރަށް ދެނެގަތުމަށް، ވީޑިއޯ ބައްލަވައިލައްވާ:
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް