ޕޮލިސް އިންފްރާސްޓްރަކްޗަރ ފެސިލިޓީސް ޑިވަލޮޕްމަންޓް ޕްރޮޖަކްޓުގެ މަޝްރޫޢުތައް އިފްތިތާޙުކޮށް، އެ ޕްރޮޖެކްޓްގެ ދަށުުން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބް ޕޫޖާ ޓިއްލޫ އާއި ކ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްއާއި ތުލުސްދޫ ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.
ފުލުހުން މައުލޫމާތުދެއްވާގޮތުގައި ޕޮލިސް އިންފްރާސްޓްރަކްޗަރ ފެސިލިޓީސް ޑިވަލޮޕްމަންޓް ޕްރޮޖަކްޓުގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވެއެވެ. އެގޮތުން، މިއީ މި ޕްރޮޖެކްޓްގެ ދަށުން ބިންގާ އެޅިގެންދިޔަ ފުރަތަމަ ޕޮލިސް ސްޓޭޝަނެވެ. އަދި މިއަހަރުގެ ތެރޭގައި ދ. ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރ ރީ ޑިވެލޮޕްމަންޓް ކުރުމާއި، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުތަކުގައާއި ރަށްތަކުގައި ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމާއި، ޑިވިޜަނަލް ހެޑްކުއާޓަރސް ޕޮލިސް ފޯސް އަދި ޑިޓެންޝަން ސެންޓަރުތައް ގާއިމްކުރުމުގެ އިތުރުން ކުށްތައް މޮނީޓަރކުރެވޭނެ ހަރުދަނާ އިމްތިޒާމްތައް ހަމަޖެހިގެންދާނެކަމުގައި ފުލުހުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް