ރެއާލް އާއި ފްރެންކްފަރޓް ބައްދަލުކުރާ ޔޫއެފާ ސުޕަކަޕް މެޗު މިރޭ

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދި ރެއާލް މެޑްރިޑް އާއި ޔޫރޮޕާ ލީގު ކާމިޔާބުކުރި އައިންޓްރަކްޓް ފްރެންކްފަރޓް ބައްދަލުކުރާ ޔޫއެފާ ސުޕަ ކަޕްގެ މެޗު މިރޭ ކުޅޭނެއެވެ. ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަނ...

10 Aug 2022 | 13:18

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދި ރެއާލް މެޑްރިޑް އާއި ޔޫރޮޕާ ލީގު ކާމިޔާބުކުރި އައިންޓްރަކްޓް ފްރެންކްފަރޓް ބައްދަލުކުރާ ޔޫއެފާ ސުޕަ ކަޕްގެ މެޗު މިރޭ ކުޅޭނެއެވެ.

ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މިރޭ ފްރެންކްފަރޓާއި ދެކޮޅަށް ނިކުންނައިރު މިރޭގެ މި މެޗުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައި ވަނީ ވެސް ރެއާލް އެވެ.

ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި ހޯދީ ފައިނަލުގައި ލިވަޕޫލް 0-1 އިން ބަލިކުރުމަށް ފަހުގައެވެ. އަދި ފްރެންކްފަރޓް ޔޫރޮޕާ ލީގުގެ ތަށި ހޯދީ ފައިނަލުގައި ރޭންޖަސް ބަލިކުރުމަށް ފަހުގައެވެ.

މިރޭގެ މެޗަށް ނިކުންނަ ރެއާލް އަދި ފްރެންކްފަރޓް ޔޫއެފާ ރޭންކިންގް އަށް ބަލާއިރު ރެއާލް މިވަގުތު އޮތީ ޔޫއެފާ ރޭންކިންގެ އެއްވަނާގައެވެ. އަދި ފްރެންކްފަރޓް އޮތީ ޔޫއެފާ ރޭންކިންގެ އަށް ވަނާގައެވެ.

މި ދެޓީމުގެ ސުޕަކަޕްގެ ތާރީޚަށް ބަލާއިރު، ފްރެންކްފަރޓް އަކަށް އަދި މިހާތަނަށް ސުޕަ ކަޕް ކާމިޔާބު ކުރެވިފައެއް ނެތެވެ. ނަމަވެސް ރެއާލުން ވަނީ ސުޕަ ކަޕް ހަތަރުފަހަރު ހޯދާފައެވެ.

އެގޮތުން ރެއާލް ސުޕަކަޕް ކާމިޔާބު ކޮށްފައި ވަނީ 2002، 2014، 2016 އަދި 2017 ގައެވެ.

މި ދެޓީމުގެ ބައްދަލުވުން ތަކަށް ބަލާއިރު، މިހާތަނަށް ޔޫއެފާ ސުޕަކަޕް ގައި މި ދެޓީމު ބައްދަލު ކޮށްފައެއް ނުވެއެވެ.

މިރޭގެ މެޗަކީ މި ދެޓީމު ޔޫއެފާ ސުޕަކަޕް ގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ޔޫއެފާ ސުޕަކަޕްގައި ރެއާލް އަދި ފްރެންކްފަރޓް ވާދަކުރާ މި މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 12:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް