ފަސިންޖަރުންނަށް ނުރައްކާވާ ކަމެއް ފާހަގަވެއްޖެ ނަމަ ނަމަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެ

ފަސިންޖަރުންނަށް ނުރައްކާވާފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެކަމެއް ތަހުގީގު ކޮށް ފިޔަވަޅު އަޅާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ. އެ އެއާލައިނުން މިހެން ބުނީ މޯލްޑީވިއަންގެ ފްލައ...

10 Aug 2022 | 12:31

ފަސިންޖަރުންނަށް ނުރައްކާވާފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެކަމެއް ތަހުގީގު ކޮށް ފިޔަވަޅު އަޅާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.

އެ އެއާލައިނުން މިހެން ބުނީ މޯލްޑީވިއަންގެ ފްލައިޓެއްގައި އެއް އިންޖީނު ނިއްވާލައިގެން ދަތުރު ކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ވީޑިއޯ އާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ.

ބަޔާނުގައި ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ގަވައިދުތަކާ އެއްގޮތަށް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން އެންމެ އިސްކަންދޭ ކަމަކީ ބޯޓުތަކުން ދަތުރުކުރާ ފަސިޖަރުންނާއި ކްރޫންގެ ރައްކާތެރިކަން ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް