ބަންގްލަދޭޝްގެ އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގި ބަޔަކު އުމްރާއަށް ދިއުމަށް ވަގުތީ ހުއްދަ ދީފި އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު ތިން މީހަކަށް ދައުވާ ކުރަން ވަނީ ފޮނުވާފަ އެވެ. އެއީ ވަކީލު ނާޒިމް އަބްދުއް ސައްތާރާއި، އަލަމްގީރާއި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު އެވެ.
އުމްރާއަށް ދިއުމުގެ ވަގުތީ ހުއްދައަށް އެދުނީ ދެމީހެކެވެ. އެމީހުން އެދިފައިވަނީ އުމްރާއަށް ދިއުމަށް ޕާސްޕޯޓު ދޫކޮށްދިނުމަށެވެ.
ފުލުހުން ބުނީ ހުއްދަ ދީފައިވަނީ އެ މައްސަލައިގަ ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން އުމްރާއަށް ދިއުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ބަޔަކަށް ކަމަށެވެ. އެކަމަކު އެމީހުން އެދުނު ގޮތަށް ޕާސްޕޯޓު ދޫކޮށްފައި ނުވާ ކަމަށާއި ދޫކޮށްފައިވަނީ އުމްރާއަށް ދިއުމުގެ ވަގުތީ ހުއްދައެއް ކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގަ ފުލުހުން ވަނީ18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ. އަދި ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން ފިލައިގެން ރާއްޖެއިން ދިޔަ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައިގަ ހިމެނޭ38 މީހެއް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް