ގުޅީ ސްކޫލްގެ ކްލާސްރޫމްތަކަކާއި ހޯމް އިމާރާތް ކުރަން ކުންފުންޏަކާއި ހަވާލުކޮށްފި

ކ.ގުޅީ ސްކޫލް 06 ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލު ކުރީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި މިނ...

10 Aug 2022 | 11:15

ކ.ގުޅީ ސްކޫލް 06 ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލު ކުރީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ. ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ކުޝްރުވާން އަހުމަދެވެ.

މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

މި މަސައްކަތުގެ ދަށުން އެ ކުންފުނިން ގުޅީ ސްކޫލްގައި ހަ ކްލާސް ރޫމާއި ހޯލެއް އިމާރާތް ކުރާނެ އެވެ. މިއީ 16.6 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

މަސައްކަތް ނިންމާ އެޑިއުކޭޝަން މިނިސްޓްރީ އާއި އަހަރެއް ތެރޭގައި ހަވާލު ކުރަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް