އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތް ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތް ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް...

10 Aug 2022 | 11:07

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތް ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސަސް، ނިޝްފާ ފިރާޤްއެވެ.

މި އިމާރާތަކީ، 40.426,17 އަކަ ފޫޓުގެ ސަރަޙައްދެއްގައި 10.718,77 އަކަ ފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްޤީކުރެވޭ އިމާރާތެކެވެ. ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 1.23 މީޓަރު ހުންނާނެއެވެ.

67.138 މިލިއަން ރުފިޔާގެ މި މަޝްރޫޢު 730 ދުވަހުގެ ތެރޭ ނިންމުމަށް އެމްޓީސީސީން ވަނީ އެއްބަސްވެފައެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް