ބަންގްލަދޭޝްގެ އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގުމަށް ފަހު މައްސަލަ ތަހުގީގު ކުރަން ފެށީ ފަހުން ރާއްޖެ ދޫކޮށް ފިލި މީހުން ހޯދަން ފަށައިފި އެވެ.
މި މައްސަލައިގަ މިހާތަނަށް ފުލުހުން ހައްޔަރު ކުރީ ފަސް މީހުންނެވެ. އޭގެ ތެރޭގައި އަލަމްގީރު ހިމެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ފުލުހުން ހިންގަމުންދާ ތަހުގީގުގައި ޔަގީން ކުރެވިފައިވާ މީހުން ފުރުން މަނާ އަމުރު ނެރުނު އިރު ރާއްޖެއިން ފުރާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި އެއްޖިންސުން ގުޅުން ހިންގުމަށް ފަހު ފިލި ފިރިހެނުން ހޯދުމަށް ތަހުގީގުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ މައްސަލައިގަ ފިލައިގެން ރާއްޖެ ދޫކޮށް ދިޔައީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރެ އެވެ.
ޕލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީޑިއާގައި ވިދާޅުވީ އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގި38 މީހަކު ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ރާއްޖެ ދޫކޮށް ފިލި މީހުންގެ ތެރޭގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ކުރީގެ ވެރިއެއް ކަމަށްވާ އިބްރާހިމް ރާފިއު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް