އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނިއު މެކްސިކޯގައި މުސްލިމުން މަރާކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ އަފްގާނިސްތާނަށް ނިސްބަތްވާ އުމުރުން 51 އަހަރުގެ މުހައްމަދު ސައްޔިދެވެ. ނިއުމެކްސިކޯގެ އަލްބުކުއާކީގެ ފުލުހުންގެ ވެރިޔާ ހެރޮލް މެޑީނާވި ވިދާޅުވީ މި ފަހުން އެ ސްޓޭޓްގައި މަރާލި ހަތަރު މުސްލިމުންގެ މަރުގެ މުގުލުގައި ނުވަތަ މޭސްތިރި އަކީ ސައްޔިދު ކަމަށް ބެލެވޭ ކަމަށެވެ.
އެންމެ ފަހުން ސައްޔިދު މަރާލީ އުމުރުން 25 އަހަރުގެ ނައީމް ހުސައިން ކިޔާ މީހެކެވެ. ފުލުހުން ސައްޔިދަށް ފާރަލާން ފެށީ އެމީހާ މަރާލާފައި އޮތް ސަރަހައްދުގައި އޮތް ކާރަކުން ފާހަގަވި ޝައްކު ކުރެވޭ ކަންތައްތަކަކަކުން ކަމަށް ފުލުހުން ބުނެ އެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި ސައްޔިދާއި އެމީހުންނާއި މެދު މާބޮޑު ހިތްހަމަ ނުޖެހުމެއް ނެތެވެ. ތަހުގީގަށް މިހާތަނަށް އެނގުނީ ސައްޔިތުގެ އޮތީ މަޒުހަބީ ނުތަނަވަސްކަމެވެ.
ސައްޔިދަކީ އަފްގާނިސްތާނަށް ނިސްބަތްވާ ސުންނީ މުސްލިމެކެވެ. އޭނާ މަރާލި ކަމަށް ތުހުމަތު ކުރާ އެކަމަކީ އަފްގާނިސްތާނަށް ނިސްބަތްވާ ޝިއީ މުސްލިމަކަށް ވާއިރު އަނެއް ތިން މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ ޝީއީ މުސްލިމުންނެވެ.
މީގެ ތެރެއިން އަފްގާން މީހާ މަރާލީ މިދިޔަ އަހަރު އެވެ. ޕާކިސްތާނު ދަރިކޮޅުގެ ތިން މީހުން މަރާލީ މިދިޔަ ދެ ހަފްތާ ތެރޭގައި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މަރުވި ހަތަރު މުސްލިމުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވެ ފައެވެ. ބައިޑަން ވިދާޅުވީ އެމެރިކާގައި ނަފުރަތު އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް