މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައިގެން ވަދެ ވައްކަން ކޮށްފައިވާ ކަމަށާއި ނަމަވެސް ނެގުނީ އެންމެ 25 ރުފިޔާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މީރާއަށް ވައްކަން ކުރަން ވަދެފައި ވަނީ ދޮރެއް ހަލާކުކޮށްލައިގެން މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.
އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށާއި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީ ވެސް ހިންގަމުންދާ މީރާގެ އިމާރާތަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާތަނަކަށްވާއިރު އެތަން ފަޅާލައި ވައްކަން ކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް