ރައީސް ޔާމީން، ނޫސްވެރިންނާ ބައްދަލުކުރެއްވުން މާދަމާރޭ އޮންނާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ. ޕީޕީއެމް އިން ބުނީ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވާނީ މާދަމާ ރޭ 8:30 ގައި ކަމަށެވެ....

10 Aug 2022 | 08:00

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ޕީޕީއެމް އިން ބުނީ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވާނީ މާދަމާ ރޭ 8:30 ގައި ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މ. ދިމްޔާތުގެ ހަތް ވަނަ ފަންގިފިލާގައި ކަމަށެވެ.

ރައީސް ޔާމީން މާދަމާ ރޭ ނޫސްވެރިންނާ މި ބައްދަލުކުރައްވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް އެ ޕާޓީން ހާމައެއް ނުކުރެއެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން ރަސްމީ ސިފައެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.

އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާއިރު، ވ. އަތޮޅު އާރަށުގެ މައްސަލައިގައި އެމަނިކުފާނަށް ކުރާ ދައުވާގެ ޝަރީއަތް މިހާރުދަނީ ކުރިއަށެވެ.

އެގޮތުން އެ ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ހެއްކެއްގެ ގޮތުގައި އިއްޔެ ހާޒިރުކޮށްފައިވަނީ އެމަނިކުފާނުގެ ކުރީގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، އެއްބޭފުޅެއް ކަަމަަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްއެވެ.

އިއްޔެ އަޑު އެހުމުގައި ނާޒިމް ވަނީ ރައީސް ޔާމީނަކީ އެމްއެމްޕީއާރްސީގެ މޭސްތިރިޔާކަން ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް