މުދާ އުފުލާ ބޯޓެއް ފަރަކަށް އަރައިގެން އެމްއެންޑީއެފް އިން އެހީތެރިވަނީ

މުދާ އުފުލާ ބޯޓެއް ފަރަކަށް އަރައިގެން އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނީ މިއީ 16 މީހުންނާއެކު މާލެއިން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުންދިޔަ "ނިއުލައިން" ކިޔާ ...

10 Aug 2022 | 07:45

މުދާ އުފުލާ ބޯޓެއް ފަރަކަށް އަރައިގެން އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ 16 މީހުންނާއެކު މާލެއިން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުންދިޔަ "ނިއުލައިން" ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށާއި މި ބޯޓު އަރާފައިވަނީ ލ. މާމެންދޫގެ އުތުރުފަރާތު ފަރަށް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 03:25 ހާއިރު ކަމަށް ވެސް އެ އިދާރަ އިން ބުނެއެވެ.

އެ އިދާރާ އިން އިތުރަށް ބުނީ ބޯޓުގައި ހުރި މުދާތައް ލ. މާމެންދުއަށް ބޭލުމުގެ މަސައްކަތް މިއަދު ހެނދުނު 08:15 ހާއިރު ފަށާފައިވާ ކަމަށާއި މި މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ހުރިހާ ކޮމްޕޯނަންޓުތަކެއްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ފަރަށް އެރި މުދާ އުފުލާ ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބޯޓުގައި ހުރި ހުރިހާ މުދަލެއް ބޭލުމަށްފަހު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް