އައިލެންޑް ބެވަރެޖަރސް މޯލްޑިވްސް އިން ތިމާވެއްޓާ ރަށްޓެހި ފުޅި ތައާރަފްކޮށްފި

އައިލެންޑް ބެވަރެޖަރސް މޯލްޑިވްސް އިން ތިމާވެއްޓާ ރަށްޓެހި ފުޅި ތައާރަފްކޮށްފިއެވެ. ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ތާޒާ ކުންފުނިން ތިމާވެއްޓާ ރައްޓެހިކޮށް ތައްޔާރުކޮށްފައިވާ އައު ޕްރޮޑަކ...

10 Aug 2022 | 05:36

އައިލެންޑް ބެވަރެޖަރސް މޯލްޑިވްސް އިން ތިމާވެއްޓާ ރަށްޓެހި ފުޅި ތައާރަފްކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ތާޒާ ކުންފުނިން ތިމާވެއްޓާ ރައްޓެހިކޮށް ތައްޔާރުކޮށްފައިވާ އައު ޕްރޮޑަކްޓްތައް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) ގެ ޗެއަރމަން ހަސަން ސާހު އާއި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އަންވަރެވެ.

އައިބީއެމްގެ ތާޒާ ބްރޭންޑުން މިފަހަރު ތައްޔާރުކޮށްފައިވަނީ 500 އެމްއެލް އާއި އެއް ލީޓަރުގެ ބިއްލޫރި ފުޅި އާއި ޑިސްޕެންސަރަށް ލައްވާ ވައްތަރުގެ 19 ލީޓަރުގެ "ތާޒާ 5ޖީ" ބޮޑެތި ފުޅިއެވެ.

އެއްފަހަރަށް ވުރެ ގިނައިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި މި ޕްރޮޑަކްޓްތައް ލޯންޗުކުރީ އައިބީއެމް އަށް 20 އަހަރު ފުރޭ މުނާސަބަތުގައި ފެށި "ތާޒާ ވެށި" ކެމްޕޭނުގެ ދަށުން ހިންގާ ހަރަކާތްތަކުގެ ދަށުންނެވެ.

"ތާޒާ ވެށި" ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ނޫންގޮތެއް ހޯދުމަށް އުފެއްދި އާ ޕްރޮޑަކްޓްތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ބީޗް ކްލީން އަޕް ޕްރޮގްރާމްތަކެއް ހިންގަން ވަނީ ހަމަޖެހިފައެވެ.

"ތާޒާ ވެށި" ކެމްޕޭން ފަށަން ކުރިންރާވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ ކެމްޕެއިން ލޯންުޗްކުރުން ލަސްކުރީއެވެ.

ތާޒާގެ އުފެއްދުންތަކަކީ ތިން ފަހަރެއްގެ މަތިން ފިލްޓަރުކޮށް، ލެބް ޓެސްޓުކޮށް އޭގެ ރައްކާތެރިކަން ޔަގީންކުރުމަށް ފަހު ހަށިގަނޑަށް ފައިދާ ހުރި ބައެއް ކަހަލަ މިނަރެލްސް އަޅައިގެން އުފައްދާފައިވާ ބުއިންތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް