ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ 95 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ނިންމާލި މަސައްކަތްތަކުގެ ތެރޭގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫޢުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާފައިވެ އެވެ.
މީގެ އިތުރުން 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާފައިވެ އެވެ. އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކޮށްފައިވެ އެވެ.
މަސައްކަތް އެއްކޮށް ނިންމާލާއިރު ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި 4582 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
މި މަޝްރޫޢަކީ 59.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް