ދެ އަނބިން ހުރި މިސްރުގެ ލަވަކިޔުންތެރިއަކު އުރުވަޝީ ކައިރީ އިންނަން އަހައިފި!

އިންޑިއާގެ އެކްޓަރެއް ކަމަށްވާ އުރްވަޝީ ރައުޓެލާ ކައިރީ އިންނަން އެހި މީހުންގެ ތެރޭގައި މިސްރު ލަވަކިޔުންތެރިއަކު ހިމެނޭ ކަމަށް އޭނާ ބުނެފި އެވެ. އުރުވަޝީ އަކީ ބޮލީވުޑްގެ އިތުރުން ތަމަޅަ އަދި ކަންނާޑާ...

10 Aug 2022 | 03:59

އިންޑިއާގެ އެކްޓަރެއް ކަމަށްވާ އުރްވަޝީ ރައުޓެލާ ކައިރީ އިންނަން އެހި މީހުންގެ ތެރޭގައި މިސްރު ލަވަކިޔުންތެރިއަކު ހިމެނޭ ކަމަށް އޭނާ ބުނެފި އެވެ.

އުރުވަޝީ އަކީ ބޮލީވުޑްގެ އިތުރުން ތަމަޅަ އަދި ކަންނާޑާ ފިލްމުތަކުގައި މަސައްކަތް ކުރާ ތަރި އެކެވެ. އޭނާއަށް އާންމުންގެ ސަމާލުކަން ފުރަތަމަ ހުއްޓުނީ 2015 ވަނަ އަހަރުގެ މިސް ޔުނިވާސްގައި އިންޑިއާ ތަމްސީލް ކުރި ހިސާބުންނެވެ

އުރުވަޝީ މި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ވަރަށް ގިނަ ކައިވެނީގެ ހުށަހެޅުންތައް ލިބޭ ކަމަށެވެ. އުމުރުން 28 އަހަރުގެ އުރުވަޝީ ބުނީ އޭގެ ތެރެއިން އެންމެ ގަބޫލު ކުރަންދަތިވި ހުށަހެޅުމަކީ މިސްރު ލަވަކިޔުންތެރިޔާ އިންނަން އެހުން ކަމަށެވެ.

އޭނާ ކައިރީ އިންނަން އެހި އިރުވެސް އެ ލަވަކިޔުންތެރިޔާގެ ދެ އަނބިންނާއި ހަތަރު ދަރިން ހުރި ކަމަށް އުރުވަޝީ ބުންޏެވެ.

އެ ހުށަހެޅުމަށް ނޫނެކޭ ބުނި ސަބަބުތަކުގެ ތެރޭގައި އޭނާ އާއި އިނދެގެން މިސްރަށް ދާން ބޭނުން ނުވުމާއި ނުވަތަ ލަވަކިޔުންތެރިޔާ އިންޑިއާއަށް އަބަދު އަންނަން ބޭނުން ނުވުން ހިމެނެ އެވެ. އަދި ދެ ކައިވެނިކޮށްގެން އުޅުމާއި ސަގާފަތް ތަފާތު ވުމަކީވެސް އެކައިވެނި ގަބޫލު ކުރަން އޭނާ ދެކޮޅު ހެދި އެއް ކަންކަމަށް ބުންޏެވެ.

އުރުވަޝީގެ އިންޓަވިއުގައި އެ ލަވަކިޔުންތެރިޔާގެ ނަން ހާމައެއް ނުކުރެ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއީ މިސްރުގެ ލަވަކިޔުންތެރިޔާ އަދި ރެޕާ މުހައްމަދު ރަމަދާން ކަމަށެވެ.

ރަމަދާން އާއި އެކު އުރުވަޝީ ވަނީ މިދިޔަ އަހަރު ލަވައެއްގައި މަސައްކަތް ކޮށްފަ އެވެ. އެ ލަވަޔަކީ މިދިޔަ އަހަރު ރިލީޒް ކުރި ލަވަތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްގެން ހެދި ލަވައެވެ.

އުރުވަޝީ އެންމެ ފަހުން ފެނިގެން ދިޔައީ ތަމަޅަ ފިލްމެއް ކަމަށްވާ "ދަ ލެޖެންޑް" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް